ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން ދީފައިވާ ހަލަމާއެއް ކަމަށް، ތަހުގީގު ޓީމުތަކުގެ ހޯދުންތަކާ ހަވާލާދީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް(މުންދު) ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ދަ ގާޑިއަން ނޫހަށް ދީފައިވާ އިންޓަވިއު އެއްގަ އެވެ.
އެ އިންޓަވިއުގައި މުންދު ވިދާޅުވެފައިވަނީ މި މައްސަލައާއި ގުޅިގެން އަސްކަރީ ދެ އޮފިޝަލަކު ހައްޔަރުކޮށްފައިވާއިރު އެ ދެމީހުްނަކީވެސް ލޯންޗަށް "އެކްސެސް" އޮންނަ ދެމީހުން ކަމަށެވެ.
https://www.facebook.com/video.php?v=1220087808016736
"ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއްކަމަށް ބެލެވޭވަރުގެ ހެކި އެބަ ހުރި ކަމަށް ތަހުގީގު ޓީމުތަކުން އަޅުގަނޑު ކައިރީގައި އެބަ ބުނޭ" އިންޓަވިއުގައި މުންދު ވިދާޅުވެފައި ވެ އެވެ.
މުންދު މިހެން ވިދާޅުވެފައިވާއިރު ލަންކާގެ ސީއައިޑީއާ ހަވާލާދީ ލަންކާގެ ނޫސްތަކުގައިވެސް ބުނެފައިވަނީ މި ހަމަލާއަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް