މިސްޓަރ މޯލްޑިވްސް މުހައްޔަދު ޔާމީން (ޔާމްބެ) ގެ ކިޑްނީ ބައްޔަށް އެހީގެ ގޮތުގައި ދިވެހި ޓިކްޓޮކް އާއިލާއާއި ދިވެހިން ގުޅިގެން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.
ދިވެހި ޓިކްޓޮކަރުން ކަމުގައިވާ ޒިޕޯ، ޑީޖޭ ހަމްބެ، ތަކޭ، މުންކޭ، ޝިފާ އަދި ހުޝާންޓޭގެ އިތުރުން އެމްޓީޕީއާއި އަދި އިތުރު އެތައް ބަޔަކާއެކު ލައިވްކޮށް ކުރިއަށްގެންދިޔަ މި އިވެންޓުގައި 210،308.28 ރުފިޔާ އަދި 1382 ޑޮލަރު ހޯދައިދީފައިވެއެވެ.
"މިސްޓާ މޯލްޑިވްސް" މުހައްމަދު ޔާމީން (ޔާންބެ)ގެ ދެ ކިޑްނީ ފެއިލްވެ އަންނަނީ ފަރުވާ ހޯދަމުންނެވެ. އިތުރު ފަރުވާއަށް މި މަހުގެ ނުވައެއްގައި ބޭރަށް ފުރާނެއެވެ.
މިވަރުގެ ބޮޑު އެހީތެރިކަމެއް ޓިކްޓޮކް އާއިލާ އަދި ދިވެހިން މިރޭގެ ފަންޑްރައިޒިންގައި ހޯދައިދީފައިވާއިރު ޔާމްބެއަށް އެހީތެރިވުމަށް ޓިކްޓޮކް އާއިލާއިން ދިވެހި ސަރުކާރަށްވެސް ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް