މެރީ ބްރައުން ކައިރި ފުލުހުންގެ ޓޯޔާޑުގައި ވެހިކަލް ތަކަކަށް ގެއްލުން ލިބޭހެން ފުލުހުން އަމަލުކުރާ ވީޑިއޯއެއް ދަނީ ސޯސަލް މީޑިއާގައި ދައުރުވަމުންނެވެ.
އެކަމަާއި ގުޅިގެން ފުލުހުން ބުނީ އެއީ ހުކުރު ދުވަހު ގަވާއިދުގެ ތެރެއިން ނައްތާލުމަށް ހަމެޖެހިފައިވާ ވެހިކަލް ތަކެއް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށެވެ. އެގޮތުން ގަވައިދުގެ މަތިން ނައްތާލެވުނު އުޅަނދުތަކުގެ ތަފްސީލުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ، ދެ ފުރޮޅުލީ247 އުޅަނދާއިި، ހަތަރު ފުރޮޅުލީ29 އުޅަނދެއް އަދި223 ބައިސިކަލާއި އެއް އެމްބިއުލާންސް ނައްތާލެވިފައިި ވާ ކަމަށެވެ.
ސޯސަލް މީޑިއާގައި މި ވީޑިއޯ ދައުރުވުމުން އާއްމުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް