ޓޯ ކުރާ ވެހިކަލްތަކަށް ފުލުހުން ހިތު ހުރި ގޮތެއް ހަދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ

ޓޯ ކޮށްފައިވާ ވެހިކަލް ތަކަކަށް ފުލުހުން ގެއްލުން ލިބޭ ގޮތަށް އަމަލު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯސަލް މީޑިއާގައި އާއްމު ވެއްޖެއެވެ. އެ ވީޑިއޯއިން ފެންނަނީ މެރީ ބުރައުން ކައިރީގައި ހުންނަ ފުލުހުނ...

07 Sep 2024 | 10:32

ޓޯ ކޮށްފައިވާ ވެހިކަލް ތަކަކަށް ފުލުހުން ގެއްލުން ލިބޭ ގޮތަށް އަމަލު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯސަލް މީޑިއާގައި އާއްމު ވެއްޖެއެވެ.

އެ ވީޑިއޯއިން ފެންނަނީ މެރީ ބުރައުން ކައިރީގައި ހުންނަ ފުލުހުންގެ ވެހިކަލް ޓޯޔާޑު ތެރޭގައި ޓްރަކަކުން ޓޯ ކޮށްފައިވާ ސައިކަލުތައް ހުސްކުރުމަށް އުކާ މަންޒަރެވެ. މި ވީޑިއޯ ދަނީ ސޯސަލް މީޑިއާގައި ދައުރުވަމުންނެވެ. މިކަމާއި ގުޅިގެން އާއްމުންގެ ކަންބޮޑުވުން ވާ އިރު މި ވީޑިއޯއަކީ ކޮން އިރެއްގެ ވީޑިއޯއެއް ކަމެއް ކަށަވަރު ވެފައެއް ނުވެއެވެ.

އެހެން ނަމަވެސް މި ފަހަކަށް އައިސް މަހުގެ ފަހު ދިހައަކަށް އެޅުމުން ފުލުހުން ނިކުމެ މަގުމަތިން ގިނަ އަދަދެއްގެ ވެހިކަލް ޓޯ ކުރަމުންގެންދާ މަންޒަރު ފެނެއެވެ.

ޓޯ ކޮށްފައިވާ ވެހިކަލްތަކަށް ގެއްލުން ލިބޭ ކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން ދަނީ ކުރަމުންނެެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން އެއްވެސް އިދާރާއަކުން އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް