ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް ހޯމް މިނިސްޓަރ އަލީ އިހުސާނަށް ތުހުމަތުކޮށް އެކްސްގައި ޕޯސްޓް ކުރެއްވުމާއި ގުޅިގެން ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ ރައްދު ދެއްވައިފިއެވެ.
"ފިތުނަ ޝެއިހު އަބަދު ދޮގު ހެދުމުގަ. ކިހިނެއްތޯ އިނގެނީ ބުނަން ތިހެން؟ މިނިސްޓަރ އިހުސާން ގެ ނުފޫޒު ޤާޒީ އަކަށް އޮތް ކަމެއް؟ ޕޮލިޓިކަލް އެކްޓިވިސްޓު ކަމުގައި އުޅުނަސް ދޮގު ނުފަތުރާ" ޝިއުނާ ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވަމުން ޑރ އިޔާޒް ވިދާޅުވީ، އެ ވާހަކަތައް ލިޔުނީ ހެކި ހުރެގެން ކަމަށެވެ. އަދި އިތުރަށް ބޭޒާރުވާން ބޭނުން ނޫންނަމަ ހަނު ހުރެއްވުމަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ކިބައިން ވަނީ އެދިފައެވެ.
ޑރ އިޔާޒް ވަނީ ޤާޒީން ނާއި ފުލުހުންވެސް އިންނަވަނީ މިނިސްޓަރ އިހުސާންގެ މުށުތެރެއަށް ލާ ފިއްތާލާފައި ކަމަށް ބުނެފައެވެ.
އަދި އެމަނިކުފާނު އޯޑަރ ދެއްވިގޮތަކަށް ނޫނީ ރަބަރ ސްޓޭންޕުވެސް ނުޖެހޭނެ ކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން ޝިއުނާ ވިދާޅުވީ ހެކި ހުރި ނަމަ ކަމާ ބެހޭ އިދާރާ ތަކަށް ހުށަހެޅުމަށެވެ. އަދި ޝިއުނާ ބޭޒާރު ވާ ވަރުގެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް ޝިއުނާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް