ދުވެލި މަޑުކޮށް، ސައިކަލު "ޕިކަޕަކަށް" ހަދައިގެން ދުއްވާ ދުއްވުން ވެސް ރައްކާތެރިއެއް ނޫން، ފިޔަވަޅު އަޅަންޖެހޭ!

މަގުމަތީގައި ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވާ ފަރާތްތަކުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާ ލިބި އެތައް ބައެއްގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ. މީގެ މައިގަނޑު ސަބަބަކަށް އަބަދުވެސް ވެފައި އޮން...

07 Sep 2024 | 09:17

މަގުމަތީގައި ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވާ ފަރާތްތަކުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާ ލިބި އެތައް ބައެއްގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ. މީގެ މައިގަނޑު ސަބަބަކަށް އަބަދުވެސް ވެފައި އޮންނަނީ ބާރު ސްޕީޑުގައި ދުއްވާ އުޅަނދު ތަކެވެ.މި ވާހަކަތައް މިދުވަސްވަރު މިވަނީ ވަރަށް ބޮޑަށް ފެންމަތިވެފއެވެ.

ނުރައްކާތެރި އެތައް ހާދިސާއެއް ހިނގަމުން ދާއިރު، މީގެ ދެ ދުވަހެއް ހާ ކުރިން ހުޅުމާލޭގައި ހިނގި މިފަދަ ހިތާމަވެރި ހާދިސާއެއްގައި ވަނީ ޒުވާނަކު މަރުވެފައެވެ. އަދި މި ނޫނަސް ރޭސް ކާރަކުން ޖެހި ޒުވާނަކަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ދާދި ފަހުން ވެސް ލިބިފައެވެ. ކޮންމެ ދުވަހަކުހެން މިފަދަ ނުރައްކާތެރި އެތައް ހާދިސާއެއް ހިނގަމުން ދާއިރު މީގެ ހަމައެކަނި ސަބަބަކީ ބާރަށް އުޅަނދު ދުވުން ބާއެވެ؟

މިއީ ހަމައެކަނި މިކަން ހިންގަން މެދުވެރިވާ ސަބަބު ކަމަކަށް ބުނެވޭނެ ޖާގައެއް ނެތެވެ. މުދާ ބަރުކޮށްގެން ބްރިޖްމަތީގައި ސައިކަލަށް ނުކުޅަދާނަ ވާ މިންވަރަށް ދާުއްވާ ބޭފުޅުންގެ ސަބަބުންވެސް މިފަދަ ހާދިސާތަށް މަދުން ނަމަވެސް ހިނގާފައި އެބަހުއްޓެވެ. މުދާ ބަރުކޮށްގެން ދާ މީހާގެ ސަބަބުން ނުރައްކަލަށް ހަމައެކަނި ހުށަހެޅެނީ ދުއްވާ މީހާ އެކަންޏެއް ނޫނެވެ. މީގެ ސަބަބުން މަގުގައި ދުއްވަން ތިބޭ އެހެން މީހުންނަށްވެސް ދަތިތަކާއި ކުރިމަތި ލާން ޖެހެއެވެ.

ދެ މީހުންގެ ޖާގަ ހުންނަ ސައިކަލުތަކުގެ ފަހަތު ސީޓުގައި އިންނަ މީހާ ދެ ފަރާތުގައި ފޮށިގަނޑުތަށް ބަރުކޮށްގެން އަދިި ދުއްވަން އިންނަ މީހާއަށް ކިރިޔާ އިދެވޭ ވަރަށް މުދާ އަރުވައިގެން މާލޭގައި ސައިކަލު ދުއްވާ މީހުން މަދެއް ނޫނެވެ.

ބައިސްކަލުތަކުގެ ހާލަތަކީވެސް ހަމަ މިއީ އެވެ. މަގުމަތީގައި ގަވައިދާ ހިލާފަށް ދުއްވާ މަދުބައެއްގެ ސަބަބުން އެތައް ބަޔަކު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.

މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާހު ގެނުމަށް ނިންމަވާފައެވެ.

އިސްލާހު ގެނުމަށް ނިންމަވާފައިވާ ކަންކަމަކީ:

  • ރޭސިންގ އަދި ޑްރިފްޓިންގް އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ބާތިލުކުރުން
  • ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން
  • ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން
  • އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން
  • ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން، އެގޮތުން ފުލުހުން ހުށަހަޅާފައިވާގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ޓިކެޓިން ކެމެރާ ހަރުކުރުން
  • ގްރެޖުއޭޓިންގެ ލައިސަންސް ސިސްޓަމެއް ތައާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން
  • މަގުމަތީގެ ގާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން

މިފަދަ ބޮޑެތި ނިންމެވުންތަކެއް ރައީސް ނިންމަވާފައިމިވަނީ، ރޭގެ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް