އިހުސާނު އުޅެނީ މުއްދަތު ޖަހަން އިންނަ ޤާޒީވެސް މުށުތެރެއަށް ލާ ފިއްތާލައިގެން: ޑރ. އިޔާޒް

ފުލުހުންނާއި، ޤާޒީންގެ މައްޗަށް ހޯމް މިނިސްޓަރ އަލީ އިހުސާން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް ތުހުމަތު ކުރައްވައިފިއެވެ. އިޔާޒް މިހެން މިހެން ވިދާޅުވީ އިދިކޮޅު ޕާޓީ އ...

07 Sep 2024 | 08:38

ފުލުހުންނާއި، ޤާޒީންގެ މައްޗަށް ހޯމް މިނިސްޓަރ އަލީ އިހުސާން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް ތުހުމަތު ކުރައްވައިފިއެވެ.

އިޔާޒް މިހެން މިހެން ވިދާޅުވީ އިދިކޮޅު ޕާޓީ އެމްޑީޕީން ވެސް މިނިސްޓަރ އިހުސާންއަށް މިފަދަ ތުހުމަތެއް ކުރައްވާފައި ވަނިކޮށެވެ.

އިދިކޮޅު އެމްޑީޕީން މިނިސްޓަރަށް ތުހުމަތު ކުރެއްވީ، އަންހެނެއް ރަހީނުކޮށް ކަރުގައި ވަޅި ޖެއްސި މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއް ގައެވެ.

އެމްޑީޕީން ބުނީ ފުލުހުންގެ ތެރޭގައި މިފަދަ ކަންކަން ތަހުގީގުކުރުމަށް އެކުލަވާލައިފައިިވާ އުސޫލުތަކާ އެއްގޮތަށް އެކަން ތަހުގީގު ނުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެފައިވުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް އަސަރުކުރާ ކަމެއް ކަމަށާއި އެއީ ޤާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުމަށް ފުލުހުންނަށް ދެވޭ ހިތްވަރެއް ކަމަށް ށެވެ.

އަދި ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ގާނޫނު ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އަމަލު ކުރުމަކީ ގާނޫނަށްވުރެ މަތީގައި ފުލުހުން ހަރަކާތްތެރިވުމުގެ ސަގާފަތެއް އިއާދަކުރެއްވުމުގެ ފުރުސަތު ފަހިވާ ކަމެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ޑރ އިޔާޒްވެސް ވަނީ މިނިސްޓަރަށް ތުހުމަތުކޮށް އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ޑރ އިޔާޒް ވިދާޅުވީ، މިނިސްޓަރ އިހުސާން ސިޔާސީ ނުފޫޒު ފޯރުވަނީ ހަމައެކަނި ފުލުހުންގެ މައްޗަށް އެކަންޏެއް ނޫން ކަމަށެވެ.

"މުއްދަތު ޖަހަން އިންނަ ޤާޒީވެސް އިންނަވަނީ މިނިސްޓަރ އިހުސާން ގެ މުށުތެރެއަށް ލައި ފިއްތާލާފަ. އެމަނިކުފާނު އޯޑަރު ދެއްވި ގޮތަކަށް ނޫނީ ރަބަރ ސްޓޭންޕް ނުޖެހޭ. މާތް ﷲ މިނޫން އުޖާލާ ދުވަސްތަކެއް ދިވެހިންނަށް ދައްކަވާށި އާމީން." ޑރ އިޔާޒްގެ ޕޯސްޓްގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް