ރާއްޖެ – އިންޑިއާ: ދާޚިލީ ގޮތުން ގުޅުން ހަރުދަނާކޮށް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިޔާއާއި ދެމެދު ދާޚިލީ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކޮށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއިމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ "The 5th Defense C...

07 Sep 2024 | 07:33

ރާއްޖެއާއި އިންޑިޔާއާއި ދެމެދު ދާޚިލީ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކޮށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއިމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ "The 5th Defense Cooperation Dialogue" ގެ ތެރޭގައެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ކުރިއަށްގެންދިޔަ މިފަދަ ފުރަތަމަ މަޝްވަރާތަކެވެ.

ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި ލީޑު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އިބްރާހިމް ހިލްމީއެވެ. އިންޑިޔާގެ ފަރާތުން މި މަޝްވަރާތަކުގައި ލީޑުކުރެއްވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ގިރިދާރު އަރަމާނޭ އެވެ.

ޓައިމް އޮފް އިންޑިއާގައި އިންޑިއާގެ އޮފިޝަލަކާ ހަވާލީ ރިޕޯޓުކޮށްފައިވާގޮތުގައި ދާޚިލީ ކަންކަމުގައި ދެ ޤައުމުން ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަމާއިމެދުގައްޔާއި އަދި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުކުރުމާއި ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމާއިމެދު މަޝްވަރާ ކުރެވުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް