އިސްދޫ ކަނބަލުންނަށް ދިވެހި ސިފައިން، ފަސްޓް އެއިޑް ސެޝަންތަކެއް

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ.އިސްދޫ ކައުންސިލް އިދާރާ ގުޅިގެން އެރަށުގެ ކަނބަލުންނަށް ފަސްޓް އެއިޑް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ސެޕްޓެންބަރު 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ...

07 Sep 2024 | 06:52

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ.އިސްދޫ ކައުންސިލް އިދާރާ ގުޅިގެން އެރަށުގެ ކަނބަލުންނަށް ފަސްޓް އެއިޑް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ސެޕްޓެންބަރު 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި އެ ރަށުގެ 56 ކަނބަލުން ބައިވެރިވިއެވެ.

މިސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސީޕީއާރުއާއި، ފިހިގެންނާއި ކަނޑައިގެން ލިބޭ ޒަޚަމްތަކާ އަދި ފްރެކްޗަރއަށް އަވަސް ފަރުވާދޭނެގޮތްތައް ކިޔައިދީ، އަދި ޢަމަލީގޮތުން އެ ބައިތައް ސެޝަންގެ ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.

މި ސެޝަންތަކުގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް