ހުޅުމާލޭގައި އިތުރު އެކްސިޑެންޓެއް: ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް

ހުޅުމާލޭގައި މިއަދު ހެނދުނު އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުނ ބުނެފައިވަނީ މިއަދު ހެނދުނު 06:50 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދުއްވި ސ...

07 Sep 2024 | 04:19

ހުޅުމާލޭގައި މިއަދު ހެނދުނު އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުނ ބުނެފައިވަނީ މިއަދު ހެނދުނު 06:50 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދުއްވި ސައިކަލަކާއި ކާރެއްޖެހި އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

"މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވޭ، މިވަގުތު ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓުގައި އަނިޔާ ލިބުނު ފަރާތް ވެއްޓިފައި އޮތް މަންޒަރާއި އަދި ގިނަ އަދަދަކަށް ލޭ ފައިބާފައިވާ މަންޒަރު، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނެއެވެ.

މިއަދު ހެނދުނު މިފަދަ އެކްސިޑެންޓެއް ހިނގާފައިވާއިރު އިއްޔެރޭގެ ދަންވަރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ދުނިޔެދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް