ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ލޯޔަރު އާދަމް އާސިފް (ލޯޔަރު އާސިފް) އެމްޑީޕީ އާއި ގުޅިވަޑައިގެންފިއެވެ.
ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރުކަންވެސް ކުރެއްވި ލޯޔަރު އާސިފް އެމްޑީޕީއާއި ގުޅިވަޑައިގެން، އެމްޑީޕީއަށް ސޮއި ކުރެއްވި ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލަށެވެ.
ލޯޔަރު އާސިފް އެމްޑީޕީއާއި ގުޅިފައިވާއިރު ދާދި ފަހަކާއި ޖެހެންދެން ލޯޔަރު އާސިފް ވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި ފްރަންޓްލައިނުން ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް މުއިއްޒަށް ރިޔާސީ ޓިކެޓު ލިބުނު ހިސާބުން އާސިފް ވަނީ ފްރަންޓްލައިނުން ދުރަށް ޖެހިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް