ދިވެހި ގައުމަށް އެންމެ ފައިދާ ކުރާނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދީގެން: އުގެއިލް

ދިވެހި ގައުމަށް އެންމެ ފައިދާ ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދީގެން ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ. އުގެއިލް ވިދާޅުވީ، ސުލްޙަވެރިކަމާއި އަމާންކަމާއި އެ...

07 Sep 2023 | 10:04

ދިވެހި ގައުމަށް އެންމެ ފައިދާ ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދީގެން ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް ވިދާޅުވީ، ސުލްޙަވެރިކަމާއި އަމާންކަމާއި އެކު ތަރައްޤީގެ އެތައް މަޝްރޫއު ތަކެއް ފަށައި ކުރިޔަށް ހިނގަމުންދާ މިސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ދެކިނުލައްވާ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވުން ކަމަށް އަޅުގަނޑު ދެކެން." އުގެއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އުގެއިލް ވިދާޅުވީ ސަރުކާރު ބަދަލުވެއްޖެނަމަ، ފަށައިގެން ކުރިޔަށްދާ މަޝްރޫއުތައް ހުއްޓި ފިޔަވަޅުތަކެއް ފަހަތަށް އެޅޭނެކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް. ކަމަށެވެ. އެހެންކަމުން އުގެއިލް ތާއިދު ކުރައްވަނީ ނުހުއްޓި ރައީސް ސާލިހާއެކު ކުރިޔަށް ދިޔުމަށް ކަމަށް އުގެއިލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަން އުގެއިލް އިއުލާނު ކުރެއްވީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

މިދިޔަ ދައުރުގައިވެސް އުގެއިލް ތާއީދު ކުރައްވާފައި ވަނީ ރައީސް ސޯލިހަށެވެ.

ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ވިސްނުން ގެއްގުޅުއްވިކަން މީގެ ކުރިން އުގެއިލް ވަނީ ހާމަ ކުރައްވާފައެވެ.

އެގޮތުން ކުރިޔަށް އޮތް ތަނުގައި ސިޔާސީ މައިދާނުން ފެނިދާނެ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅުގައެވެ.

ރ.މީދޫ ޒުވާނުންގެ އުންމީދު ޖަމިއްޔާއިން ކުރިޔަށް ގެންދާ އުންމީދީ ސައްލާގެ 3 ވަނަ ޕްރޮގްރާމުގައި ހާއްސަ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން އޭރު އުގެއިލް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް އޭނާ އަކީ ދިވެހިންނާއި ދުރުގައި ހުންނަ މީހެއް ނޫން ކަމަށެވެ.

ދިވެހި ކުދިންނަށް ކިޔަވައި ދިނުމާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް އިލްމީ އެހީތެރިކަން އަބަދުވެސް ފޯރު ކޮށްދެއްވާކަން ފާހަގަކުރައްވާ އުގައިލް ވިދާޅުވީ، ގައުމަށް ޚިދުމަތްކުރުމުގައި ކުރިޔަށް އޮތް ތާނުގައި އޭނާ ސިޔާސީ މައިދާނުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އުގެއިލް ވިދާޅުވީ ގައުމު ބިނާކުރުމުގައި ތަޢުލީމީ މީހުންނަށް އިސްކަންދޭން ޖެހޭކަމަށެވެ. އަދި ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ދެނެގަނެ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އެންމެންނަށް ހަމަހަމަ އިންސާފުވެރި އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރުން މުހިންމު ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އުގައިލް ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް