ބ. ކެޔޮދޫގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ ކުޑަކޮށްފި

ބ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ކެޔޮދޫގައި ބަޔަކު ވެލާތަކެއް ފެޅި މައްސަލައިގައި، އެމީހުންގެ މައްޗަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ކުރި ޖޫރިމަނާ ކުޑަކޮށްފިއެވެ. ކެޔޮދޫގައި...

07 Sep 2023 | 07:35

ބ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ކެޔޮދޫގައި ބަޔަކު ވެލާތަކެއް ފެޅި މައްސަލައިގައި، އެމީހުންގެ މައްޗަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ކުރި ޖޫރިމަނާ ކުޑަކޮށްފިއެވެ.

ކެޔޮދޫގައި ބަޔަކު ވެލާތަކެއް ފަޅައި އެތަކެތި ކައްކަމުން ދާކަމަށް އާއްމު ފަރާތަކުން ދިން މައުލޫމާތަކަށް ބަލައި ފުލުހުން އެރަށަށް އެއީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުގެ ހަވިހިރުއެވެ.

އެ މައްސަލައިގައި ބައިވެތރިވި ބ. ކެންދޫ ހަ މީހުންނާއި އދ. ދިގުރަށު މީހެއް ވަނީ ޖޫރިމަނާ ކޮށްފައެވެ. އޭރު އީޕީއޭއިން ބުނެފައި ވަނީ، އެއިން ކޮންމެ މީހަކު ޖޫރިމަނާގެ ގޮތުގައި އެއްލައްކަ 98 ހާސް ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން އެ މައްސަލަ ބަލައި، ޖޫރިމަނާ ކުޑަ ކުރުމަށް އީޕީއޭގެ ގަވަރނިންގް ބޯޑުން މިނިސްޓްރީއަށް ލަފާދީފައި ވާތީ، މިނިސްޓްރީއިން ވަނީނ މިކަމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާފައި ކަމަށް އީޕީއޭއިން ބުންޏެވެ.

އެހެންކަމުން އީޕީއޭއިން ނިންމާފައި ވަނީ، ވެލާ ފެޅި ހަ މީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ޖޫރިމަނާ ކުރެވޭނީ 33 ހާސް ރުފިޔާއިން ކަމަށެވެ.

އީޕީއޭއިން އަންގާފައި ވަނީ އެ ފައިސާ މައްދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށެވެ.

މީގެ އިތުރުން އީޕީއޭއިން ބުނީ، ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން، ގުދުރަތީ ގޮތުން ނުވަތަ ޠަބީއީ ގޮތުން ހިމާޔަތް ކޮށް ރައްކާތެރި ކުރާ ދިރޭ ތަކެއްޗާ ގުޅޭގޮތުން އަމަލު ކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެ ހަ މީހުންނަށް ނަސޭހަތްތެރި ވެފައިވާ ކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަންގާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް