އަންނަ ހޮނިހިރު ދުވަހަކީ މި އަހަރުގެ ރިޔާސީ އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖހެިފައިވާ ދުވަސް ކަމުގައިވާތީ، އެމްޓީސީސީއިން ފޯރުކޮށްދޭ އަތޮޅުތެރޭގެ އާއްމު ފެރީގެ ދަތުރުތައް މެދުކަނޑާލެވޭނެ ކަމަސް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ، އާއްމު ފެރީގެ ދަތުރު މެދުކަނޑާލި ނަމަވެސް ތ، ލ، މ ސްޕީޑް އަދި ޒޯން 6 ގެ އާރްޓީއެލް ފެރީގެ ދަތުރުތައް މެދުކެނޑުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.
ދަތުރުތައް މެދުކަނޑާލުމުގެ ސަބަބަުން ދިމާވެދާނެ ހުރިހާ ދަތިތަކަމަށް އެމްޓީސީސީއިން ވަނީ މާފަށް އެދިފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުން ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650ށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް