ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑތ. މުހައްމަދު މުއިއްޒުއަށް ތާއިދު ކުރަން ޝެއިޚް އަލީ ޒައިދު ނިންމައިފިއެވެ.
ޒައިދުއަކީ މީގެ ކުރިން މި ސަރުކާރަށް ވަރަށް ތާއީދު ކުރެއްވި ބޭފުޅެކެވެ.
ނަމަވެސް އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް މިއަދު ޒައިދު މިވަނީ މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. ޒައިދު ވިދާޅުވީ، މިގޮތަށް ނިންމީ މިވަގުތު ޤައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ ޑރ މުޢިއްޒު ކަމުގައި ޤަބޫލުކުރެވޭތީ ކަމަށެވެ.
ޒައިދުގެ ނިންމުމާއެކު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޒައިދަށް މަރުހަބާ ދަންނަވާފައެވެ.
ޝަހީމް ވިދާޅުވީ ޒައިދާމެދު ފަޚުރުވެރިވާ ކަމަށެވެ. އަދި ދީނާއި ގައުމަށް ހެޔޮގޮތް ހިޔާރު ކުރެވޭނީ ވަރަށް ސާބިތުކަމާއި ހިތްވަރު ހުރެގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް