އައްޑޫ ސިޓީގައި ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ އަޅަން ވެމްކޯއާ ހަވާލުކޮށްފި

ރާއްޖޭގެ އެއްމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް ހިންގުމަށް،ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯއާއ...

06 Sep 2023 | 19:41

ރާއްޖޭގެ އެއްމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް ހިންގުމަށް،ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯއާއި) އާއި ހަވާލުކޮށްފިއެވެ.

މި ކުނި ހަކަތަ އުފައްދާ ޕްލާންޓް އިންސްޓޯލްކޮށް ނިންމާ މިއަދު އެޕްލާންޓްގެ ޕްރީކަމިޝަންގެ މަސައްކަތް ފަށާފައި ކަމަށް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖްއެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިން ބުނެފައިވެއެވެ.

މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދާ އެއިން 1.5 މެގަވަޓްގެ ކަރަންޓް އުފެއްދޭގޮތަށް ޑިޒައިންކޮށް، އިންސްޓޯލް ކޮށްފައިވާ ޕްލާންޓެކެވެ.

އެންވަރަމެންޓް މިނިސްޓްރީ އިން ބުނާ ގޮތުގައި ޖުމްލަ 20.5 މިލިއަންޑޮލަރު ޚަރަދުކޮށްގެން ކޮރެއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ޑިޒައިންކޮށް އިންސްޓޯލްކުރި މިޕްލާންޓްގައި އިންސިނެރޭޓަރ އަކާއި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ސްޓީމް ޓާރބައިންއެއްގެ އިތުރުން މީގެއިން ކުނި އަންދާއިގެން އަރާ ދުންކޮންޓްރޯލްކުރުމަށްޓަކައި އެއްމެ ފަހުގެ ޓެކްނޮލޮޖީވަނީ ބޭނުންކޮށްފައެވެ.

އެހެންކަމުން މިޕްލާންޓް ފަރުމާކޮށް އިންސްޓޯލްކޮށްފައިވަނީ ތިމާވެއްޓަށާއި އިންސާނުންގެސިއްހަތަށް ގެއްލުން ނުވާނެގޮތަށް ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

މިޕްލާންޓަކީ ދެކުނު ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގައި ބެހެއްޓިފައިވާ ޕްލާންޓެއްކަމުން، މި ޕްލާންޓްގެ ޕްރީ  ކަމިޝަން ފެށުމަށްޓަކައި ކޮންޓްރެކްޓަރއާއި އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް، މިފެސިލިޓީ ވަނީ އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންލިމިޓެޑް (ވެމްކޯ) އާއި މިއަދު ހަވާލުކުރެވިފައިވާ ކަމަށް އެންވިރަމެންޓް މިނިސްޓްރީ އިން ބުނެފައިވެއެވެ.

އެގޮތުން ޕްރީ ކަމިޝަންކުރުމާއި ކަމިޝަންކޮށް ޕްލާންޓްއޮޕަރޭޝަނަށް ގެނައުމުގައި ކޮންޓްރެކްޓަރ އާއި އެކު ވެމްކޯ ހަރަކާތްތެރިވަމުންދާނެއެވެ.

މި ޕްލާންޓް އެއްކޮށް ކަމިޝަންކޮށް ނިމެންވާއިރަށް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވެމްކޯއިން މިހާރުވެސްވަނީ އެކަމާއި ގުޅޭތައްޔާރީތައް ވާން ފަށާފައި ކަމަށާއި މިޕްލާންޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމާއި އެތަނަށް ބޭނުންވާ ކުނި ގެނައުމަށް ބޭނުންކުރާނެ ވަސީލަތްތައް ހޯދުމުގެ މަސައްކަތްއެކުންފުނިން ފަށާފައި ވާ ކަމަށް މިނިސްޓްރީ އިން ފާހަގަކުރައްވައެވެ.

މިފެސިލިޓީ އޮޕަރޭޝަނަށް އަންނައިރު އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅުގެ ރަށްތަކުންނާއި ރިސޯޓްތަކުގެ ކުނި މިތަނަށް ގެނެސްޕްރޮސެސްކުރެވޭނެކަމުގައި އެންވިރަމެންޓް މިނިސްޓްރީ އިން މަޢުލޫމާތު ދެއެވެ.

އެތަނަށް ގެންދެވޭ ކުނި ޕްރޮސެސްކުރުމަށްޓަކައި ބަންދުކުރެވިފައި ހުރިބަންކަރއެއްވަނީ ގާއިމުކޮށްފައެވެ.  އެހެންކަމުން މިތަނުގައި ހިނގާ އެއްވެސް ކަމެއް ބޭރަށް ނުފެންނާނެހެން ތަން ހުންނާނީ ބަންދުކުރެވިފައެވެ.

މިޕްލާންޓްގެ ޕްރީކަމިޝަން ފެށުމަށްޓަކައި ވެމްކޯއާ ތަން ހަވާލު ކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިންވަނީ އެ މަރުކަޒުގައި ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރް އަލްފާޟިލް އަލީ ނިޒާރުއެވެ.

އަދި މިރަސްމިއްޔާތުގައި މިފެސިލިޓީ ވެމްކޯ އާއި ހަވާލުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.އަދި މި ރަސްމިއްޔާތުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އަދި ކައުންސިލް މެމްބަރުން ވަނީބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް