އައިޖީއެމްއެޗް އިން ބާއްވާ 'އޮއެވަރު' ކޮންފަރެންސަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތު (އެން.ސީ.އެމް.އެޗް)އިން އިންތިޒާމްކޮށްގެން ބާއްވާ 'އޮއެވަރު' މެންޓަލް ހެލްތު ކޮންފަރެންސްއަށް ދިރާގުން އ...

06 Sep 2023 | 19:30

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތު (އެން.ސީ.އެމް.އެޗް)އިން އިންތިޒާމްކޮށްގެން ބާއްވާ 'އޮއެވަރު' މެންޓަލް ހެލްތު ކޮންފަރެންސްއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިރާގުން ބުނާ ގޮތުގައި މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އިން 16 އޮކްޓޫބަރު 2023 ގައެވެ. އަދި މިފަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ 'ޗޭންޖިންގ ކަރަންޓްސް: ފޯމިންގ ކަނެކްޝަންސް' ކަމަށް ދިރާގުން ބުނެފައިވެއެވެ.

'އޮއެވަރު' ކޮންފަރެންސަކީ ދިވެހިރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސަކަށް ވާއިރު، މި އިވެންޓްގެ މަޤްސަދަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކުރުވާ މިކަމާ ގުޅޭ ވާހަކަ އާންމުކުރުން ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރަށް، މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މި ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަށް އެއްތަނެއްގައި މުޢާމަލާތްކޮށް، އެކަކު އަނެކަކުގެ ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ފާހަގަކޮށްފައިވެއެވެ.

މި އިވެންޓުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ އެންމެ ފަހުގެ ދިރާސާތަކާއި އިޖާދީ އުކުޅުތަކާ ބެހޭ ގޮތުން އެކި އެކަޑެމިކް ޕްރެޒެންޓޭޝަންތަކާއި މިހާރު ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ އިތުރުން އެވިޑެންސް ބޭސްޑް ސިޔާސަތުތަށް ގާއިމްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ކީނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތަޢުލީމީ ޕްރެސެޝަންތަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ދިރާގުން ހާމަކޮށްފައިވެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ހައްލެއް ހޯދައިދޭފަދަ ތަފާތު ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް