ކުޅީގައި ރޯވި އަލިފާން ކޮންޓްރޯލުނުވެ ދުމުގެ އަސަރު ހޮސްޕިޓަލަށް

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕުޓަލު ކައިރީގައި އޮންނަ ކުޅީގައި ރޯވި އަލިފާން ކޮންޓްރޯލު ނުވެ ދުމުގެ އަސަރު މިހާރު އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ކުރަމުން އަންނަކަމުގައި އައްޑޫލައިވ...

07 Sep 2022 | 14:51

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕުޓަލު ކައިރީގައި އޮންނަ ކުޅީގައި ރޯވި އަލިފާން ކޮންޓްރޯލު ނުވެ ދުމުގެ އަސަރު މިހާރު އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ކުރަމުން އަންނަކަމުގައި އައްޑޫލައިވުން ރިޕޯޓްކޮށްފިއެވެ.

އެ ނޫހުގައި ބުނެފައިވަނީ ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދިޔަނަމަވެސް އެ އަލިފާން ކޮންޓްރޯލްކުރުމަށް ދަތިތަކާ ކުރިމަތިވަމުން އަންނަކަމަށެވެ.

މި ހާދިސާއާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު ބުރުކައިރި ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 17:25 ހާއިރު ކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި ހޮސްޕިޓަލުގެ އިމަޖެންސީ ރޫމާ ދިމާއިން ދުމުގެ އަސަރުކުރަން ފަށާފައިވާއިރު ބަލި މީހުންނަށްވެސް ދުމުގެ އަސަރު އަންނަނީ ކުރަމުންނެވެ. އަދި ބަލި މީހުންގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅަމުން އަންނަކަމުގައިވެސް ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ހަމަ އެ ސަރަހައްދުގައި މި އަހަރުގެ ފެބްރުއަރީ މަހުގައިވެސް އަލިފާން ރޯވެފައިވެއެވެ. އެފަހަރުވެސް އަލިފާން އެއްކޮށް ނިއްވައިލެވުނީ 12 ގަޑިއިރު ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް