އައްޑު ސިޓީގައި ލޮރީއަކުން ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މަގުމަތިން ހިނގާފަދިޔަ މީހެއްގެ ގައިގާ ލޮރީއަކުން ޖެހިގެންނެވެ.
މި އެކްސިޑެންޓުގެ ސަބަބުން އެމީހާގެ ބޮލަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާއިރު، އޭނާއަށް މިހާރުއަންނަނީ ފަރުވާ ދެމުންނެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިން ހިނގި މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނީ ވެހިކަލަކުން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓަގައި ދިވެހި ފިރިހެނަކަށް އަނިޔާ ވެފައިވާ ކަމަށެވެ.
އެމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނިނަމަވެސް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް