އާރްބީ ލެއިޕްޒިގް ގެ ކޯޗުގެ މަޤާމުން ޑޮމެނިކޯ ޓެޑެސްކޯ ވަކިކޮށްފި

ޖަރުމަން ބުންޑެސްލީގާގެ ކުލަބެއް ކަމުގައިވާ އާރްބީ ލެއިޕްޒިގްގެ ކޯޗުކަމުގެ މަގާމުގައި ހުރި ޑޮމެނިކޯ ޓެޑެސްކޯ އެ މަގާމުން ވަކިކޮށްފިއެވެ. ލެއިޕްޒިގް އިން ޓެޑެސްކޯ މަގާމުން ވަކިކޮށްފައިވަނީ ރޭ ޗެމްޕިއަނ...

07 Sep 2022 | 12:47

ޖަރުމަން ބުންޑެސްލީގާގެ ކުލަބެއް ކަމުގައިވާ އާރްބީ ލެއިޕްޒިގްގެ ކޯޗުކަމުގެ މަގާމުގައި ހުރި ޑޮމެނިކޯ ޓެޑެސްކޯ އެ މަގާމުން ވަކިކޮށްފިއެވެ.

ލެއިޕްޒިގް އިން ޓެޑެސްކޯ މަގާމުން ވަކިކޮށްފައިވަނީ ރޭ ޗެމްޕިއަންސް ލީގުގައި ތުރުކީގެ ސަކްތަރ ޑޮނެސްކް އާއި ދެކޮޅަށް ކުޅުނު މެޗުން 1-4 ގެ ނަތީޖާއިން ބަލިވިބަލިވުމާއި ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލެއިޕްޒިގްގެ ކޯޗުކަމުން ޓެޑެސްކޯ ވަކިކުރިއިރު، އޭނާ އެޓީމުގެ ކޯޗުކަމާއި ހަވާލުވީ ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ. ޓެޑެސްކޯ ލެއިޕްޒިގްގެ ކޯޗުކަމާއި ހަވާލުވިތާ މާގިނަ ދުވަހެއް ނުވެ މަޤާމުން ވަކިކުރިއިރު، އޭނާގެ ކޯޗުކަމުގައި ވީ މުއްދަތުގެ ތެރޭގައި އެޓީމު މިހާތަނަށް ކުޅުނު 38 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ 20 މެޗުންނެވެ. 18 މެޗުން ވަނީ ބަލިވެފައެވެ.

ޓެޑެސްކޯ މަޤާމުން ވަކި ކުރިއިރު، އޭނާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރަމުން އައި އެންޑްރިއަސް ހިންކެލް އެާއި މެކްސް އުރުވާންޗީ ވެސް ވަނީ މިހާރު ކުލަބުން ވަކިވެފައެވެ. އެހެން ކަމުން ލެއިޕްޒިގުން މިހާރު ދަނީ އެ މަޤާމުތަކަށް ކޯޗުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބުދަ ދުވަހުގެ ހެނދުނު އެ ކްލަބުގެ ޓްވިޓާ އެކައުންޓުގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އާރުބީ ލައިޕްޒިގުން ޑޮމެނިކޯ ޓެޑެސްކޯ ވަކިކުރީ ކުލަބުގެ ހާލަތު ދައްވަމުން އަންނާތީ އައު ކޯޗެއް ހޯދުމަށް ކަމަށާއި އަދި އައު ކޯޗެއް ހަމަޖެހުނުހާ އަވަހަކަށް އެކަން އިއުލާނު ކުރފާނެ ކަމަށެވެ. މިހާރު ދަނީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ޓެޑެސްކޯ ވަނީ މީގެ ކުރިން ޖަރުމަނުގެ ސާލްކޭއާއި ރަޝިއާގެ ސްޕާޓަކް މޮސްކޯއަށް ވެސް ކޯޗު ކޮށްދީފައެވެ. އޭނާ ލެއިޕްޒިގްގެ ކޯޗުކަމާއި ހަވާލުވީ ސްޕާޓަކް މޮސްކޯގެ ކޯޗުކަމުގައި ދެ ސީޒަނެއް ހޭދަކުރުމަށް ފަހުގައެވެ. ނަމަވެސް މީގެ އެއްވެސް ކުލަބަކާއި އެކު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ޓެޑެސްކޯއަށް އޭނާގެ ކޯޗުކަމުގައި މިހާތަނަށް ހޯދުނު ހަމަ އެކަނި ކާމިޔާބީއަކީ ލެއިޕްޒިގާއި އެކު ޖަރުމަން ކަޕް ކާމިޔާބުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް