ޖަސްޓިން ބީބާގެ ބަލި ހާލަތު އަނެއްކާވެސް ގޯސްވެ، އިތުރު ޝޯތަކެއް ކެންސަލްކޮށްފި!

މޫނުގެ ކަނާތްް ފަރާތް ވާގިނެތިފައިވާ ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓީން ބީބާގެ ހާލަތަށް ބަދަލެއް ނާންނާތީ އިތުރު ޝޯތަކެއް ކެންސަލްކޮށްފި އެވެ. އޭނާގެ މޫނުމަތިން ބައެއް ވާގިނެތިފައިވާކަން ހާމަ...

07 Sep 2022 | 08:02

މޫނުގެ ކަނާތްް ފަރާތް ވާގިނެތިފައިވާ ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓީން ބީބާގެ ހާލަތަށް ބަދަލެއް ނާންނާތީ އިތުރު ޝޯތަކެއް ކެންސަލްކޮށްފި އެވެ.

އޭނާގެ މޫނުމަތިން ބައެއް ވާގިނެތިފައިވާކަން ހާމަ ކުރީ މިދިޔަ ޖޫން މަހު ކުރީކޮޅެވެ. އުމުރުން28 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އޭނާ ތަހައްމަލް ކުރަމުންދަނީ އާންމުކޮށް ނުފެންނަ ބައްޔެއް ކަމަށްވާ “ރަމްސޭ ހަންޓް ސިންޑްރޯމް” ކަމަށެވެ.

އޭނާ ރޭ އިންސްޓަގްރާމްގައި ބުނީ މި ފަހުން އޭނާ ބްރެޒިލްއަށް ކުރި ދަތުރުގައި ހަ ޝޯ ދީފައިވާނެ ކަމަށެވެ. އެކަމަކު އެ ޝޯތަކަށް ފަހު ސްޓޭޖުން ފޭބިއިރު އޭނާ ސިއްހީ ހާލަތު ތަން ނުދޭ ކަން އެނގުނު ކަމަށެވެ.

އެހެންވެ އަނެއްކާވެސް ފަރުވާ ހޯދުމަށް ބްރޭކެއް ނަގަންޖެހިފައިވާ ކަމަށް ޖަންޓިން ބުންޏެވެ. އޭނާ ބުނީ ބްރޭކެއް ނަގަން ޖެހުމުންނޯތް އެމެރިކާގައި ދޭމް ހަަޖެހިފައިވާ ޝޯ ކެންސަލް ކޮށްލާފައިވާ ކަމަށެވް.ތ0ތތ

އެކަމަކު އޭނާގެ ޓީމުން އަންނަ މަހު އިންޑިއާއަށް ކުރާ ދަތުރު އަދި ކެންސަލް ނުކޮށްލާނެ ކަަމަށްވެ އވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް