ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހުޅުމާލޭގައި ހަމަލާދިން މީހާ ދޫކޮށްލާފައިނުވާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ފުލުހުންނާއި މީޑިއާ އެކުލެވޭހެން އޮންނަ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
ނޫސްވެރިޔާ ރޭގައި އަހާފައިވަނީ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލާދިން މީހާ ދޫކޮށްލީތޯ؟ އާއި ނުވަތަ ބަލިވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީތޯ؟ އެވެ.
މި ސުވާލަށް ޖަވާބުދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރިމީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށާއި އޭނާގެ ބަލިހާލަތާއި ގުޅިގެން ރޭގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދެވި ޑަކުޓަރަށް ދައްކާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް