އާރްޓީއެލްއިން ރައްޔިތުން ހިތްހަމަޖެހޭ ހިދުމަތެއް ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ޓްރާންސްޕޯޓް

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ރައްޔިތުންނަސް ހިތްހަމަޖެހޭ ހިދުމަތެއް ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޓްރ...

07 Sep 2022 | 05:01

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ރައްޔިތުންނަސް ހިތްހަމަޖެހޭ ހިދުމަތެއް ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ އެ މިނިސްޓްރީގެ މިނިސްޓަރު، އައިޝަތު ނަހުލާ މާލޭ އާންމު ބަހުގެ ހިދުމަތުގެ ބަހެއްގައި ދަތުރެއް ކުރެއްވުމަށްފަހު އެ މިނިސްޓްރީން ކުރި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މިނިސްޓްރީން ބުނެފައިވަނީ ޖީބަށްލުއި، ރައްޔިތުންނަށް އިތުބާރުހިފޭ އަދި ވަށައިޖެހޭ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެއް ކަމަށާއި އުފަލަކީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މިކަންކަން ހަގީގަތަކަށްވެ، ރައްޔިތުންގެ ތަކުލީފަށް ލުއި ލިބިގެންދިއުން ކަމަށެވެ.

https://twitter.com/MoTCAmv/status/1567204470391709696

މާލޭ އާންމު ބަހުގެ ހިދުމަތް މިދިޔަ އާދީއްތަ ދުވަހު ފަށާފައިވާއިރު މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

އެމްޓީސީސީން ހާމަކޮށްފައިވާގޮތުގައި އާންމު ބަހުގެ ހިދުމަތަށް ފުރަތަމަ ދެ ހަފްތާ ދުވަހު އެއްވެއް ފީއެއް ނުނަގާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް