ބަލަނީ އައްޑޫ ބަހުރުވައިން ޚުޠުބާ ކީ މައްސަލައެއް ނޫން، ޚުޠުބާއަށް އުނި އިތުރު ގެނައި މައްސަލަ

މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ މީދޫގައި ހުކުރު ޚުޠުބާ އައްޑޫ ބަހުން ކީ ކިޔުން ހޫނު ބަހުސަކަށްވެފައިވާއިރު ބަލަނީކީ އައްޑޫ ބަހުރުވައިން ޚުޠުބާ ކިޔުމުގެ މައްސަލަ ނޫންކަމަށާއި ބަލަނީ ޚުޠުބާއަށް އުނި އި...

07 Sep 2022 | 03:51

މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ މީދޫގައި ހުކުރު ޚުޠުބާ އައްޑޫ ބަހުން ކީ ކިޔުން ހޫނު ބަހުސަކަށްވެފައިވާއިރު ބަލަނީކީ އައްޑޫ ބަހުރުވައިން ޚުޠުބާ ކިޔުމުގެ މައްސަލަ ނޫންކަމަށާއި ބަލަނީ ޚުޠުބާއަށް އުނި އިތުރު ގެނައި މައްސަލަކަމުގައި ސަރުކާރުން ބުނެފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އިން ފާސްކޮށްފައިވާ ގޮތާ ޚިލާފަށް އައްޑޫ ސިޓީ މީދޫގައި ހުކުރު ޚުތުބާ ކީ މައްސަލައެއްގައި، އެމައްސަލަ ބަލާ ނިމެންދެން އެ ޚަޠީބަށް ހުކުރު ކުރަން ނުޖައްސަން އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީއިން ވަނީ ނިންމާފައި ކަމަށާއި ޚުޠުބާއަށް އުނި އިތުރު ގެނައުމަކީ މަނާ ކަމެއް ކަމަށެވެ. އެމައްސަލަ ނިންމުމަށްފަހު އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީގެ ރިޕޯޓް އިސްލާމިކް މިނިސްޓްރީއަށް މިއަދު ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.

އައްޑޫ ބަހުރުވައިން ޚުޠުބާކިޔުމުގެ މައްސަލައަކަށްވުރެ ބޮޑަށް، ޚުޠުބާ ކޮމިޓީއިން މިމައްސަލަ ބަލަނީ، އޮންނަ އުޞޫލާ ޚިލާފަށް، ފާސްކޮށްފައިވާ ޚުޠުބާއަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައި ކަމަށާއި އެއީ މަނާކަމެއްކަން ފާހަގަކޮށް ސަރުކާރުން ބުނެފައިވަނީ ފާސްކޮށްފައިވާ ހުކުރު ޚުޠުބާއަށް ޚަޠީބުން އަމިއްލައަށް އުނި އިތުރު ގެންނަ ނަމަ، އެއިން ނިކުންނަ ނަތީޖާ ރަނގަޅު ނުވެދާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ މިސްކިތަކަށް ހުކުރު ޚުޠުބާ ފޮނުވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އަބަދުވެސް ޚުޠުބާ ފޮނުވަނީ ދިވެހި ބަހުންނެވެ.

މި މައްސަލައިގާ އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މީދޫ މިސްކިތެއްގައި މުދިމަކު ޚުޠުބާ ކިޔުމުގެ އުސޫލާ ހިލާފުވެފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި ހުކުރު ކުރުމުން އެ މުދިމު ސަސްޕެންޑް ކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް