ކަރެކްޝަންސްގެ ހަގީގީ ޒިންމާއަކީ މުޖްތަމައުގެ އެހެން މީހުންނާއެކު އުޅެވޭ ބަޔަކަށް ގައިދީން ބަދަލުކޮށްލުން: ރައީސް ސޯލިހް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް)ގެ ހަގީގީ ޒިންމާއަކީ ގައިދީން ޖަލު ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން މުޖްތަމައުގެ އެހެން މީހުންނާއެކު އުޅެވޭފަދަ ބަޔަކަށް ގައިދީން ބަދަލުކުރުން ކަމުގައި ...

07 Sep 2022 | 03:10

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް)ގެ ހަގީގީ ޒިންމާއަކީ ގައިދީން ޖަލު ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން މުޖްތަމައުގެ އެހެން މީހުންނާއެކު އުޅެވޭފަދަ ބަޔަކަށް ގައިދީން ބަދަލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ކަރެކްޝަންސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ހިންމަފުށީ އައްސޭރިޖަލާ މާފުށީ ޖަލުގައި ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފެށީ އެ ސަބަބަށްޓަކާ" ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުށްވެރިން ކިތަންމެވަރަކަށް ޖަލަށްލިޔަސް މުޖްތަމައުގައި ސުލްހަ މަސަލަސްކަން ހިފެހެއްޓޭނީ އެމީހުން އަނބުރާ މުޖްތަމައަށް ނެރޭއިރު އެމީހުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ކަމަށެވެ.

" އަޅުގަނޑުދެކޭގޮތުގައި ކަރެކްޝަނަލް ސާވިސްގެ ހަމައެކަނި ޒިންމާއަކީ މީހެއްގެ މައްޗަށް އިއްވާ ހުކުމެއް ތަންފީޒުކުރުމަށް ޖަލުގައި ބެހެއްޓުމެއް ނޫން" ރައީސް ފާހަގަކުރެއްވިއެވެ.

ގައިދީން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ނެރުމަށްޓަކާ ޕެރޯލް ނިޒާމު މިހާރަށްވުރެ ހަރުދަނާކުރަންޖެހޭކަން ގަބޫލުފުޅުކުރެއްވޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ގާނޫނީ ގޮތުން އެކަމަށް މަގުފަހި ކުރުމަށްޓަކާ ޖަލުތަކާ ޕެރޯލް ގާނޫނަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް