މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީގައި އައްޑޫ ބަހުން ޚުޠުބާ ކީ ޚަޠީބަށް ފިޔަވަޅު އެޅީ އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީއިން ކަމަށާއި އެ ފިޔަވަޅު އެޅީ މައްސަލަ ބަލާ ނިމެންދެން ކަމުގައި ސަރުކާރުން ބުނެފިއެވެ.
މި މައްސަލައިގާ އައްޑޫ ސިޓީއަށް ނިސްބަތްވާ މުދިމެއް ކަމުގައިވާ މުހައްމަދު ރަޝީދު ސަސްޕެންޑްކޮށްފައިވަނީ މީދޫ މަސްޖިދުއް މަޖްދުއްދީނުގައި މިދިޔަ ހުކުރު ދުވަހު ކީ ޚުޠުބާ އައްޑޫ ބަހަށް ބަދަލުކޮށްގެން ކީ މައްސަލައިގައެވެ.
މި މައްސަލައިގާ ރޭގެ ވަގުތެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އައްޑޫގައި މިނިސްޓްރީ އިން ފާސްކޮށްފައިވާ ގޮތާ ޚިލާފަށް ހުކުރު ޚުތުބާ ކީ މައްސަލައެއްގައި، އެމައްސަލަ ބަލާ ނިމެންދެން އެ ޚަޠީބަށް ހުކުރު ކުރަން ނުޖައްސަން އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީއިން ވަނީ ނިންމާފައި ކަމަށާއި ޚުޠުބާއަށް އުނި އިތުރު ގެނައުމަކީ މަނާ ކަމެއް ކަމަށެވެ.
"މާދަމާ އެމައްސަލަ ނިންމުމަށްފަހު އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީގެ ރިޕޯޓް އިސްލާމިކް މިނިސްޓްރީއަށް ލިބޭނެކަމަށް ބެލެވޭ" މިއުވާން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ހުރިހާ މިސްކިތަކަށް ހުކުރު ޚުޠުބާ ފޮނުވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އަބަދުވެސް ޚުޠުބާ ފޮނުވަނީ ދިވެހި ބަހުންނެވެ.
މި މައްސަލައިގާ އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މީދޫ މިސްކިތެއްގައި މުދިމަކު ޚުޠުބާ ކިޔުމުގެ އުސޫލާ ހިލާފުވެފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި ހުކުރު ކުރުމުން އެ މުދިމު ސަސްޕެންޑް ކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް