އިންޑިއާގެ ވިޔަފާރިވެރިޔާ އައި އިންޑިއަން ޕްރިމިއަރ ލީގް (އައިޕީއެލް)ގެ ފައުންޑަރ ލަލިތު ކޭ މޯދީ އާއި ބޮލީވުޑް ބަތޮލާ އަދި ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެންގެ ލޯބީގެ ގުޅުމަށް ނިމުން އައިސްފައިވާކަމުގެ އަޑުތައް ގަދަވެއްޖެއެވެ.
މި އަޑުތައް ގަދަވެފައިމިވަނީ ލަލިތު މޯދީ އޭނާގެ އިންސްޓަގްރާމް ބަޔޯ އިން ސުޝްމިތާގެ ނަން ފޮހެލުމުންނެވެ.
ޖުލައިމަހުގެ މެދުތެރޭގައި ލަލިތުވަނީ އޭނާގެ ލޯބިވެރިޔަކީ ސުޝްމިތާ ކަން އިއުލާނުކޮށްފައެވެ. އެއަށްފަހު އޭނާގެ އިންސްޓާގެ ބަޔޯގައި "މައިލަވް" މިހެން ލިޔެ ސުޝްމިތާ ޓެގްކޮށްފައިވެއެވެ. ނަމަވެސް މިހާރު ވަނީ އިންސްޓާގެ ބަޔޯއިން އެބައި ފޮހެލާފައެވެ.
ސުޝްމިތާއާއި ލަލިތުގެ ލޯބީގެ ގުޅުމަކީ ގިނަބަޔަކަށް ހައިރާންކަން ގެނުވި ގުޅުމެކެވެ. ގިނަ ބަޔަކަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ދެމީހުންގެ އުމުރުގެ ފަރަގު ބޮޑުކަމުންނެވެ.
ލަލިތު މޯދީގެ އުމުރަކީ 58 އަހަރެވެ. ސުޝްމިތާގެ އުމުރަކީ 46 އަހަރެވެ.
ދެ ލޯބިވެރިން ވަކިވި ކަމުގެ އަޑުތައް ގަދަވިނަމަވެސް ދެމީހުންކުރެ މީހަކު ރަސްމީ ސިފައެއްގައި މިކަމުގައި އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް