މުޅި މުޖްތަމައުގެ ތެރޭގައިވެސް މުލާ ފެތުރެމުން އަންނަ އެންމެ ބޮޑު ދެ މައްސަލައަކީ ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ މައްސަލަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފާހަގަކުރައްވައިފިއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްސަންސް)ގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި ދިރާސާއަށް އަލިއަޅުއްވާލައްވައި އެ މައުލޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ގައިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައިކަން އެ ދިރާސާއިން ފާހަގަވި ކަމަށެވެ.
އެއްކަމަކީ މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ގައިދީންގެ ނުފޫޒު ކަމަށާއި އަނެއްކަމަކީ ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ކުށްތަކަށް އަހުލުވެރިކުރުވުމުގެ ނުބައި އޮއިވަރުކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
" މީ ހަމައެކަނި ޖަލުގައެއް ނޫން، މުޅި މުޖްތަމައުގެ ތެރޭގައި މޫލާ ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަ" ރައީސް ސޯލިހް ވިދާޅުވިއެވެ.
މި މައުލޫގައި ރައީސް އިތުރަށް ވިދާޅުވީ އެ ދިރާސާއިން ފާހަގަވި އަނެއް ކަމަކީ ޖަލުތަކުގެ ހިންގުން ހަރުދަނާކުރުމަށާ ޖަލުތަކުގައި ތިބޭ ގައިދީންގެ ކަންތައް ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތަކެއް އަދިވެސް ހުރިކަން ކަމަށާއި އެކަންކަން މި ސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް