ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ޅައިމަގާއި ފޯކައިދޫއަށް ވަޑައިގެންފި އެވެ.
މީގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގެންފަ ވަނީ ޅައިމަގަށެވެ. އެ ރަށަށް ވަޑައިގެން ރައީސް ވަނީ ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ގިނަ ބާރުތަކަކާއި އިޙްތިޔާރު ތަކެއް ލިބިފައިވާކަމަށެވެ. އެ ކަންކަމުގެ ބޭނުން ހިފައި ރަށު ތަރައްޤީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފަވެ އެވެ.
މި ބައްދަލުވުމުގައި ޅައިމަގު ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މިވަގުތު ބޭނުންވާ ކަންކަމުގެ ތެރޭގައި ބަނދަރު ބޮޑު ކުރުމާއި، ބަނދަރުގެ ޕްރޮޖެކްޓާއެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމާއި ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ފުޅާކުރުމާއި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުން ހިމެނެ އެވެ.
ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
https://twitter.com/presidencymv/status/1435211603150970883
ރައީސްގެ ދަތުރުފުޅުގައި ޅައިމަގަށް ފަހު ވަޑައިގެންނެވީ ފޯކައިދޫ އަށެވެ. އެރަށުންވެސް ރައީސަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އެރަށަށް ވަޑަިއގެން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފޯކައިދޫއަކީ މި ސަރުކާރު ވެރިކަމަށް އައިއިރު ގިނަ އަސާސީ ޚިދުމަތްތަކެއް ނުފެށި އޮތް ރަށެއް ކަމަށެވެ. އޭގެ ތެރެރެއިން ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިޔަށްގެންދަވާގޮތަށް ހަމަޖައްސަވާނެކަމަށާއި އަދި ފުޓްބޯޅަ ދަނޑާއި އަދި އެ ނޫންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ފޯކައިދޫ ކައުންސިލުން މި ބައްދަލުވުމުގައި ވަނީ މި ސަރުކާރު އައިފަހުން ބަނދަރު އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓާއި ފެނާއި ނަރުދަމާ ޤާއިމުކުރުމާއި އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢު ކުރިޔަށްދާކަން ފާހަގަކުރައްވައި ރައްޔިތުން ޝުކުވެރިވެރިކަމާއެކު އެކަންކަން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.
https://twitter.com/presidencymv/status/1435251054837264388
މިދަތުރުފުޅުގައި އެންމެ ފުރަތަމަ މިއަދު ވަޑައިގެންފަ ވަނީ ފުނަދޫއަށެވެ. ރައީސްގެ ދެ ކަނބަލުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެން ވަޑައިގެންނަވާނީ ށ. މާއުނގޫދޫއަށެވެ.
އޭގެ ފަހުން ވަޑައިގެންނަވާނީ ރ. ރަސްގެތީމު، އަލިފުށި، ވާދޫ އަދި އަނގޮޅިތީމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް