ހާލަތު ރަނގަޅު ނުވަނީސް މަޑުއްވަރީ މޮނިޓަރިން އުވާލުމުން އާދަމް ޝަރީފު ހިތްހަމަ ނުޖެހިއްޖެ

ރ. މަޑުއްވަރީ މޮނިޓަރިންގެ ހާލަތު އުވާލުމުން އެ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހިތްހަމަ ނުޖެހިއްޖެ އެވެ. ކޯވިޑް ކޭސްތަކެއް ފެނިގެން މަޑުއްވަރި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި މަހުގެ އެއް ވަނަ...

07 Sep 2021 | 18:12

ރ. މަޑުއްވަރީ މޮނިޓަރިންގެ ހާލަތު އުވާލުމުން އެ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހިތްހަމަ ނުޖެހިއްޖެ އެވެ.

ކޯވިޑް ކޭސްތަކެއް ފެނިގެން މަޑުއްވަރި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. އަދި އެ ހާލަތު އެޗްޕީއޭއިން މިއަދު ވަނީ އުވާލާފަ އެވެ.

އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެރަށް މޮނިޓަރިންއަށްލީ ހަތް މީހަކު ޕޮސިޓިވް ވެގެން ކަމަށެވެ. އަދި މިއަދު މާލެއިން ދިޔަ މީހަކާއި ރަށުން އިތުރު ދެމީހަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ.

އާދަމް ވިދާޅުވީ އެހާގިނަ ޕޮސިޓިވް ކޭސް ހުއްޓަ ރަށް އާންމު ހާލަތަށް ގެނައުމަކީ ބަލި އިތުރަށް ފެތުރިދާނެ ކަމެއް ކަމަށެވެ. އަދި އެކަމާ ކަންބޮޑުވެވަޑައިގެންނަވާކަން ފާހަގަ ކުރައްވާ މޮނިޓަރިންއިން ނެގުމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއްތޯ އޭނާ ސުވާލު ކުރައްވާފައިވެ އެވެ.

މިވަގުތު ރ. އަތޮޅުގައި މޮނިޓަރިންގެ ހާލަތުގައި އޮތީ ދުވާފަރާއި ރަސްމާދޫ އެވެ. އޭގެ ތެރެއިން ދުވާފަރަކީ މިހާރު މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ރަށެވެ.

ކޯވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރުމަށް މިވަގުތު 23 ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބަ އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް