ކަލާފާނު ސްކޫލްގައި މިއަދު ހިންގި މާރާމާރީއެއްގައި ދަރިވަރެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
މި މަރާމާރީ ހިންގާފައިވަނީ ދެ ކުއްޖެއްގެ ދެމެދުގައި އެވެ. އަނިޔާވި ދަރިވަރަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ސީރިއަސް ކަމެއް އަދި ނޭނގެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މައްސަލައިގަ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ކަލާފާނު ސްކޫލްގައި މާރާމާރީ ހިންގީ މެންދުރު 2:30 ހާއިރު ކަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެ ސްކޫލާއި މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ބަލަމުންދާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް