ހިޔާ ފްލެޓް ލިބުނު އެންސިސްގެ މުވައްޒަފުންނަށް "ފްރީ އިންޓަރެސްޓް" ލޯނެއް އެ ކުންފުނިން ދޫކުރަން ފަށައިފި އެވެ.
އެންސިސް އިން ބުނީ މިއީ ފްލެޓް ލިބުނު އެ ކުންފުނީގެ މުވައްޒަފުންގެ ފްލެޓުތައް މަރާމާތުކޮށް ހެދުމަށް އެހީވުމުގެ ގޮތުން ދޭ ފައިސާގެ އެހީއެއް ކަމަށެވެ.
މި ލޯނު ދޫކުރަނީ އެ ކުްނފުނީގެ މުވައްޒަފުންގެ ޒަރޫރީ ބޭނުމަށް ވަކި އުސޫލުތަކެއް ކަނޑައެޅުމަށް ފަހު ކަމަށެވެ. އަދި މިއީ އަބަދު ވެސް ކޮށްދެމުން އަންނަކަމެއް ކަމަށެވެ.
އެހެންނަމަވެސް މިފަަހަރު މިކަންކުރުމަށް ނިންމީ، މުވައްޒަފުންނަށް ވީހާވެސް ފަސޭހަގޮތަކަށް ބަލާފައި ކަމަށް ވެސް އެންސިސް އިން ބުނެ އެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ވަޒީފާދޭ ފަރާތުގެ ޒިންމާ، މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ހޯދައިދިނުމުން އެކަނި ނުފުދޭ. އެއަށްވުރެ އިތުރަށް އަދި ފުޅާކޮށް މުވައްޒަފުންގެ ވެލްފެއަރ އާއި ދޭތެރޭ ވިސްނަން ޖެހޭ." އެންސިސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްވާހިދު ތައުފީގު ވިދާޅުވި އެވެ.
އެގޮތުން މުވައްޒަފުންގެ ޢާއިލާތަކަށް ދިރުއުޅުމުގެ މުހިންމު ލަނޑުދަނޑިތައް ހާސިލު ކުރުމަށް ހުރި ގޮންޖެހުންތަކަށް ލުއި ހޯދައިދިނުމަށް ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސިސް ފިޝަރީޒްއަކީ ޒަމާނުއްސުރެ މަސްވެރިންނަށް ވެސް މިފަދަ އެހީތެރިކަމެއް ދެއްވާ މަސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް