ކަންނެލި ދޯންޏެއްގައި ހުރި ފަޅުވެރިއަކު ހާލު ދެރަވެގެން ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ

ކަންނެލި ދޯންޏެއްގައި ހުރި ފަޅުވެރިއަކު ހާލު ދެރަވެގެން ކޯސްޓްގާޑުން ހަރަކާތްތެރި ވެއްޖެ އެވެ. އެމްއެންޑީއެފް އިން ބުނީ އެއީ ބަންޔަން ޓްރީ މޯލްޑިވްސް ވަށްބިންފަރު ރިސޯޓްކައިރީގައި އޮތް ކަންނެލި ދޯންޏެ...

07 Sep 2021 | 17:09

ކަންނެލި ދޯންޏެއްގައި ހުރި ފަޅުވެރިއަކު ހާލު ދެރަވެގެން ކޯސްޓްގާޑުން ހަރަކާތްތެރި ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެއީ ބަންޔަން ޓްރީ މޯލްޑިވްސް ވަށްބިންފަރު ރިސޯޓްކައިރީގައި އޮތް ކަންނެލި ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއެއް ކަމަށެވެ. އަދި އޭނާގެ ހާލު ދެރަވެ، ޞިއްޙީ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

"ރަން ދުވެލި" ނަމަކަށް ކިޔާ ދޯނީގައި ހުރި މި މީހާ ހާލު ދެރަވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިރޭ 20:56 ހާއިރު ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން އެ ދޯނި އޮތް ސަރަޙައްދަށް ގޮސް ހާލު ދެރަވި މީހާ، މިރޭ 21:23 ހާއިރު މާލެ ގެނެސްދީފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް