މާބަނޑު މީހުންނަށް ކޯވިޑް-19 ވެކްސިން ދިނުމުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާބަނޑު މީހުންނަށް ކޯވިޑް ވެކްސިން ދިނުމަށް ބޭނުން ކުރާނީ ދެ ވެކްސިނެއް ކަމަށެވެ.
އެގޮތުން ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ޖެހި ފަހުން ބަލިވެ އިން ނަމަ، އެ މީހުންނަށް ދެ ވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެ ކަމަށެވެ. އެކަމަކު، މާބަނޑުވުމުގެ ކުރިން ފުރަތަމަ ޑޯޒްގެ ގޮތުގައި ސިނަފޯމް ވެކްސިން ޖެހި މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ޖެހޭނީ ފައިޒާ ވެކްސިން ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ކޯވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ހުއްޓާ މާބަނޑުވެއްޖެ ނަމަ، އެމީހުންނަށް ފުރަތަމަ އަދި ދެވަނަ ޑޯޒްގެ ގޮތުގައި ވެސް ޖަހާނީ ފައިޒާ ވެކްސިން ކަމަށެވެ.
ރާއްޖޭގައި ފައިޒާ ވެކްސިން ޖަހައިދެމުން އަންނަނީ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނާއި މާބަނޑު މީހުންގެ އިތުރުން 12-17 އަހަރުގެ ކުދިންނަށް އެކަންޏެވެ.
ރާއްޖޭގައި މިވަގުތު ކޯވިޑް ވެކްސިންގެ ގޮތުގައި ދެމުންދަނީ ސިނޮފާމް، ފައިޒާ އަދި އެސްޓްރަޒެނިކާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް