ރައީސް ސޯލިހު ފުނަދޫއަށް ވަޑައިގެންނެވުމުން އިދިކޮޅުން މުޒާހަރާ ކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ފުނަދޫއަށް ވަޑައިގެންނެވުމުން އިދިކޮޅު ޕީޕީއެމްއިން މުޒާހަރާ ކޮށްފި އެވެ. ރައީސް ސޯލިހު ފުނަދޫއަށް ވަޑައިގެންނެވީ ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައ...

07 Sep 2021 | 12:28

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ފުނަދޫއަށް ވަޑައިގެންނެވުމުން އިދިކޮޅު ޕީޕީއެމްއިން މުޒާހަރާ ކޮށްފި އެވެ.

ރައީސް ސޯލިހު ފުނަދޫއަށް ވަޑައިގެންނެވީ ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު އެވެ.

އެ ރަށަށުގައި އިދިކޮޅުން މުޒާހަރާ ކުރަން ތިބީ އަތޮޅު ކައުންސިލް އިންދާރާ ހިންގާ މަގުގައި ލައިސެންސް ނަގާ ސަރަހައްދުގައި އެވެ. ރައީސް އެމަގުން ވަޑައިގެންނެވި އިރު އެމީހުން ތިބީ ޕޯސްޓަރުތައް ހިފައިގެން ބަރިއަކަށް އެތުރިގެން ސަރުކާރާއި ދެކޮޅު ހިމޭންކަމާއި އެކު ޝުއޫރު ފާޅު ކުރާށެވެ.

އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓި އޮންނަ ފުނަދޫގައި މުޒާހަރާކުރި މީހުން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާފަ އެވެ.

އިދިކޮޅުން އިހުތިޖާޖަށް ނުކުމެ ތިއްބަސް އެއްވެސް ހަމަ ނުޖެހުމެއް ހިނގާފަ އެއް ނުވެ އެވެ.

ރައީސް މިއަދު ފުނާދޫއަށް ވަޑައިގެންނެވުމުން މާގިނަ އާންމުން މަރުހަބާ ކިޔަން ނުކުމެފަ ނުވާ ކަމަށް އިދިކޮޅުން ބުނެ އެވެ. ފުނަދޫއަކީ ގިނަ އަދަދެއްގެ ސަރުކާރު މުއައްސަސާތައް ހުންނަ ރަށަަކަށްވާތީ މަރުހަބާ ކިޔަން ނުކުމެފައިވަނީ ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން ކަމަށްވެސް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް