ގދ. ތިނަދޫގައި ގުދަން ކޮށްފައި ހުރި ފުށްތަކެއްގައި އުކުނާއި ފަނި ހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފުށްތަކުގައި އުކުނާއި ފަނި ހުރިތޯ ބަލަން ދިރާސާ ކުރީ ހުށަހެޅި ޝަކުވާއަކާއި ގުޅިގެން ކަމަށެވެ.
އުކުނާއި ފަނި ހުރީ ތިނަދޫގައި ރައްކާކޮށްފައި ހުރި "ޕްރީމަ ސިލޯން" ބްރޭންޑްގެ ގޮދަން ފުށުގަ އެވެ.
އެމްއެފްޑީއޭގެ ބަޔާނުގައި ބުނީ އުކުނާއި ފަނި ހުރީ އެ ބްރޭންޑްގެ ބެޗް ނަމްބަރު MD2021003 ގައި ކަމަށެވެ.
އެމްއެފްޑީއޭ އިން ވަނީ މި ބްރޭންޑްގެ އެ ބެޗްގެ ފުށް ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އަންގައިފައެވެ.
އެ އޮތޯރިޓީން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން އެހެން ބެޗްތަކުގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް