ސްކޫލްތަކުގައި ކިޔަވައި ދެމުންދާ އިސްލާމް އަދި ޤުރުއާން ފޮތްތަކުގައި ކުށް ހުންނަން ޖެހުނު ސަބަބު ކުރިޔަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެނގޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ގްރޭޑް އެކެއް،10 އަދި12 ގެ ފޮތުން ވަނީ ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައި ހުރިކަން ފާހަގަވެފައި އެވެ. އެކި އަހަރުތަކުގައި އުފައްދާފައިވާ މި ފޮތްތަކުގައި ކުށްހުރިކަް ފާހަގަ ވުމުން އެޑިއުކޭޝަން މިނިސްްރީން އެ ދެ މާއްދާގެ ހުރިހާ ގްރޭޑެއްގެ ފޮތްތައް އަލުން ރިވިއު ކުރަން ފަށާފަ އެވެ.
އަދި ފޮތްތަކުގައި ކުށް ހުރި މައްސަލަ ބަލާނެ ކަމަށް ބުނެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ އިސްލާމް އަދި ޤުރްއާން ފޮތްތަކުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ގޮތް ދެނެގަތުމަށް އެކުލަވާލެވުނު ކޮމެޓީގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. މި ކޮމެޓީގެ މަސައްކަތް ނިންމައި ހަތް ދުވަހުގެ ތެރޭގައި މިނިސްޓަރަށް ރިޕޯޓު ހުށަހަޅާނެ ކަމަށް މައުލޫމާުދެ އެވެ.
އެ މިނިސްްރީން ބުނީ ރިޕޯޓުގެ ނަތީޖާއަށް ބަލައި ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލު ގެނެވޭނެ ކަމަށެވެ.
https://twitter.com/MoEdumv/status/1435132076643078149
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް