ކުރީގެ ފަނޑިޔާރު ހައިލަމާ ގުޅޭގޮތުން މި ނޫހުގައި ލިޔެފައިވާ ހަބަރަކާ ގުޅިގެން މައާފަށް އެދުން

ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު މި ނޫހުގައި "ރައީސް ޔާމީނަށް ހުކުމް ކުރަން މި ސަރުކާރުގެ ވަޒީރަކު މެސެޖު ކުރި ކަމަށް ވިދާޅުވެ ހައިލަމް ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި" މި ސުރުހީގެ ދަށުން ޝާއި...

07 Sep 2021 | 10:18

ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު މި ނޫހުގައި "ރައީސް ޔާމީނަށް ހުކުމް ކުރަން މި ސަރުކާރުގެ ވަޒީރަކު މެސެޖު ކުރި ކަމަށް ވިދާޅުވެ ހައިލަމް ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި" މި ސުރުހީގެ ދަށުން ޝާއިޢުކޮށްފައިވާ ހަބަރަކީ މަސްދަރަށް ބެލުމުގައި ރަނގަޅަށް ނުބެލި، ނުބައި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ޝާއިޢު ކުރެވިފައިވާ ޚަބަރެކެވެ.

އެ ޙަބަރު ޝާއިޢު ކުރެވިފައިވަނީ ފޭކް ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގެ ސްކްރީން ޝޮޓަކަށް ބިނާކޮށެވެ.

މިކަން މި ނޫހުގެ ސަމާލުކަމަށް އައުމުން، މި ޚަބަރު މިހާރު ވާނީ މި ނޫހުގެ އާކައިވް އިން ފޮހެލެވިފައެވެ. އަދި މި ޚަބަރު މިގޮތަށް ޝާއިޢު ކުރެވުނީތީ ކްރިމިނަލް ކޯޓުގެ ކުރީގެ ކުރީގެ ފަނޑިޔާރު އަހްމަދު ހައިލަމް، އަދި ކިޔުންތެރިންގެ ކިބައިން ދުވަސް ޓީމުން މައާފަށް އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް