ޖޭޕީގެ ރައްދު ގާނޫނީ ވަކީލުންނަށް: ތިޔަ ކުރައްވަނީ ސިޔާސީ މަސައްކަތެއް

ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ކުރައްވާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ. ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، ކުރީގެ ގާނޫނީ ވަކީލުން ދައްކ...

07 Sep 2021 | 05:44

ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ކުރައްވާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.

ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، ކުރީގެ ގާނޫނީ ވަކީލުން ދައްކަވަމުން ގެންދަވަ ވާހަކަތަކަށް ރައްދު ދީ އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޢަދުލުއިންސާފު ގާއިމުކުރުމާއި، ގާނޫނީ ހަމަތަކުން ހިންގާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކުރުމަކީ ޖޭޕީގެ މައިގަނޑު މަގްސަދު ކަމަށެވެ.

އެ ޕާޓީން ދެކޭ ގޮތުގައި މި ކަމަކީ ރައްޔިތުންގެ މެދުގައި ޝަރުޢީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލުވާލުމަށާއި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ކުރެވޭ މަސައްކަތާއިމެދު ޝައްކު އުފެއްދުމަށް ކުރާ ކަމެކެވެ. އަދި އިންޞާފުވެރިކޮށް ބޭއްވޭ ޝަރީޢަތްތަކަށް ހުރަސްއެޅުމަށާއި ފަނޑިޔާރުންނަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ސިޔާސީ މަސައްކަތެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އިންސާފު ގާއިމުކުރުމަށްޓަކައި ޝަރުއީ ދާއިރާ އިން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މިދިޔަ ހޮނިހިރު ދުވަހު، ކުރީގެ ބައެއް ފަނޑިޔާރުންނާއި، ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅިދާނެ ފަދަ ވާހަކަ ތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް