ހުޅުމީދޫ މިފްކޯ ބަނދަރު ނިންމުމަަށް 24 ގަޑިއިރު މަސައްކަތް ކުރަނީ

އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރަމުންދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ 8.5 އެމްއެސްއެލް (މީނ...

07 Sep 2021 | 04:06

އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރަމުންދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ 8.5 އެމްއެސްއެލް (މީން ސީ ލެވެލް) ފުނަށް، އަ ހާބާ ބޭސިން އާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގައި "ޖައްރާފާ 3" ގެންދަނީ ދެ ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މަޝްރޫޢުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 1788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކާނެ ކަމަށް ބުނެ އެވެ.

މީގެ އިތުރުން 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެ ކުންފުންޏާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޕްލޭނިިން މިނިސްޓްރީންނެވެ.

މިއީ 68.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް