ހުއްޓިފައިޗާ ސްކޫލް ކުދިންގެ ނާސްތާ ޕްރޮގުރާމް ފަށަން ކަނޑައަޅާފައިވާ ތާރީހުގައި ފަށާނެ ކަމުގެ ޔަގީންކަން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އިއްޔެ ވެލާނާ ގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، ނާސްތާ ޕްރޮގުރާމް ހުއްޓާލީ ކޯވިޑް-19ގެ ސަބަބުން ކަމަށެވެ. ނަމަވެސް، އަންނަ ޖެނުއަރީ މަހު އެ ޕްރޮގުރާމް އަލުން ފަށާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، އެ ޕްރޮގުރާމް ހުއްޓާލީ ކޯވިޑް-19 ފެތުރެމުން ދިޔަ ނުރައްކާ ދަނޑިވަޅެއްގައި ބަޔަކު މީހުން ތައްޔާރުކުރާ އެއްޗެއްހި ކުދިންނަށް ކާންދޭން ނޭދޭތީ ކަމަށެވެ.
ނިސްޓަރ އާއިޝަތު ވިދާޅުވީ ނާސްތާ ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓާލީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބޭރުން ގެންނަ ކާއެއްޗެތި ދަރިވަރުންނަށް ކާން ދޭން ރައްކާތެރި ނުވާނެތީ ކަމުގައެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމަކީ މި ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމް ހުއްޓާލީ ނޫން ކަމަށާއި، މެދުކަނޑާލީ ކަމަށެވެ/
ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދަން އެޑިއުކޭޝަން މިނިސްޓްރީން 2019 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތު 25 ސްކޫލެއްގައި ނާސްތާ ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް