މެދުނުކެނޑި 48 ގަޑިއިރު ގޭމް ކުޅެގެން އާސެނަލްގެ ސަޕޯޓަރަކު ދުނިޔޭގެ ރެކޯޑް މުގުރާލައިފި

މެދު ނުކެނޑި 48 ގަޑިއިރު ވީޑިއޯގޭމް "ފީފާ 2015" ކުޅެގެން އާސެނަލްގެ ސަޕޯޓަރަކު ދުނިޔޭގެ ރެކޯޑް މުގުރާލައިފި އެވެ. މި ރެކޯޑް މުގުރާލާފައިވަނީ އުމުރުން 34 އަހަރުގެ އިންގްލޭޑް ރައްޔިތެއް ކަމަށްވާ ކްރިސް ...

07 Sep 2015 | 14:01

މެދު ނުކެނޑި 48 ގަޑިއިރު ވީޑިއޯގޭމް "ފީފާ 2015" ކުޅެގެން އާސެނަލްގެ ސަޕޯޓަރަކު ދުނިޔޭގެ ރެކޯޑް މުގުރާލައިފި އެވެ.

މި ރެކޯޑް މުގުރާލާފައިވަނީ އުމުރުން 34 އަހަރުގެ އިންގްލޭޑް ރައްޔިތެއް ކަމަށްވާ ކްރިސް ކުކް އެވެ. ކްރިސް މި ރެކޯޑް މުގުރާލީ މެދު ނުކެނޑި 48 ގަޑިއިރާއި 49 މިނެޓާއި 41 ސިކުންތު ގޭމް ކުޅެގެންނެވެ.

އެންމެ ގިނަ އިރު މެދުކެނޑުމެއްނެތި ވީޑިއޯ ގޭމް ކުޅުމުގެ ރެކޯޑް މީގެ ކުރިން އޮންނަނީ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ޖޯޑަން ބްލޯމަންގެ އަތުގައެވެ. އޭނާ އެ ރެކޯޑް ގާއިމް ކުރީ މެދު ނުކެނޑި 47 ގަޑިއިރާއި 5 މިނެޓް ވީޑިއޯ ގޭމް ކުޅެގެންނެވެ.

ކްރިސް މި ރެކޯޑް ގާއިމް ކުރީ ނުކުޅެދޭ ކުދިންނަށް ވީޑިއޯ ގޭމްގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ބަޔަކާއި ގުޅިގެން އެ ކުދިންނަށް ފަންޑު ހޯދުމުގެ ބޭނުމުގަ އެވެ.

ކްރިސް ބުނީ އޭނާގެ ރެކޯޑް އެހެން މީހަކު މުގުރާލައިފި ނަމަ އަލުން ރެކޯޑް މުގުރާލުމާއިމެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް