ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ބާއްވަމުން ގެންދަވާ މަހާސިންތާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަތުން ދަތިފުޅުވާ ސަބަބުން އެ އޮފީހުގައި ވާނީ ދަންނަވާފައި ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
މިކަން ހާމަކޮށްފައި މިވަނީ ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ހަމައެކަނި ބުނެފައިވަނީ އެ ސަބަބު ދަންނަވާފައި ވާނެ ކަމަށެވެ. ނަމަވެސް އެ ސަބަބާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް މައުމޫން އެ މަހާސިންތާގައި ބައިވެރިވެވަޑައިނުގަތީ ޕީޕީއެމްގެ އަސާސީ ގަވާއިދު އެ ގޮތަށް ތަން ނުދޭތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް