16 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މީހަކު ދާންދޫއިން ހައްޔަރުކޮށްފި

16 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ގއ. ދާންދޫއިން ހައްޔަރުކޮށްފި އެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ. ފުލުހުން...

07 Sep 2015 | 04:16

16 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ގއ. ދާންދޫއިން ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެ މިސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ވަގުތެއްގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން މިމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށާއި މި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް