އިޒްރޭލް ޕާސްޕޯޓު މަނާނުކުރެވޭ ސަަބަބު ސާފުކޮށްދެއްވުމަށް މެމްބަރު މީކާއީލް އެދިވަޑައިގެންފި

އިޒްރޭލް ޕާސްޕޯޓު މަނާ ނުކުރެވޭ ސަބަބު ސާފު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެދިވަޑައިގެންފިއެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ...

07 Aug 2024 | 18:42

އިޒްރޭލް ޕާސްޕޯޓު މަނާ ނުކުރެވޭ ސަބަބު ސާފު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެދިވަޑައިގެންފިއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން ކަށަވަރު ކުރުމަށް ހުށަހެޅި ބިލު241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފައި އޮންނަތާ މިއަދަށް59 ދުވަސް ވެފައިވާ ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. އަދި މި ބިލުގެ މަސައްކަތް ކޮމެޓީގައި އެޖެންޑާ ވެސް ނުކޮށް ބާއްވާ ސަބަބު ސާފުކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ވެސް މީކާއިލް ވަނީ ވިދާޅުވެފައެެވެ.

މީކާއީލް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ،29 މެއި2024 ގައި މަޖިލީހަށް ހުށަހެޅި،10 ޖޫން2024 ވަނަ ދުވަހު (20 ވަނަ ރައްޔިތުންގެ މަޖިލީހުގެ4 ވަނަ ޖަލްސާގައި) ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްވެ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީއަށް ފޮޮނުވާފައިވާ ކަމަށެވެ.

މި ބިލު ކޮމެޓީގައި އޮންނަތާ59 ދުވަސް ވެގެންދިޔައިރުވެސް މި ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އެންމެ ކުޑަ މިނުން މި ބިލުގެ މަސައްކަތް ކޮމެޓީގައި އެޖެންޑާ ވެސް ނުކޮށް ސަބަބު ސާފުކޮސްދެއްވުމަށް އެދޭ ކަމަށެވެ.

ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމާފައިވީނަމަވެސް، އިޒްރޭލުގެ ފަތުރުވެރިން އަދިވެސް އަންނަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުން ކަން ފާހަގަ ކޮށްލަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް