ފެނަކަ ކޯޕަރޭޝަނުން731 މުވައްޒަފުން ވަކި ކުރުމަށް ނިންމައި ނޯޓިސް ފޮނުވާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން ބުނީ އެ މުވައްޒަފުން މަދުކުރުމުން އެ ކުންފުންޏަށް މަހެއްގެ މައްޗަށް7 މިއަނާއި9 މިލިއަން ހާ ރުފިޔާއާ ދެމެދުގެ އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.
ބައެއްެ މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފެނަކަ ކުންފުނީގެ، މެނޭޖިން ޑިރެކްޓަރު މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، އެ މުވައްޒަފުން ވަކިކުރުމަށް މިހާރު ވާނީ ނޯޓިސް ފޮނުވާފައި ކަމަށާއި، އެ މުވައްޒަފުންނަކީ އެ ކުންފުނިން އެކި ޕްރޮޖެކްޓްތަކަށް ނަގާފައިިވާ މުވައްޒަފުންކަމަށެވެ.
އަދި އެއީ އިމާރާތްކުރުމުގެ މަސައްކަތަށް ނަގާފައިި ތިބި މުވައްޒަފުުން ކަމަށް ވެސް އެމްޑީ ވިދާޅުވެފައިވެއެވެ.
އެމްޑީ އިތުރަށް ވިދާޅުވީ، އެ ކުންފުނީގެ ދަރަނީގެ ގޮތުގައި4.3 ބިލިއަން ރުފިޔާ އަރާކަމަށެވެ. އަދި އެ ކުންފުނިން އޮތީ އޮޕަރޭޝަނަށް ވެސް ބުރޫ އަރާ ހާލަތުގައި ކަމަށް ވެސް މުއާޒް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ފެނަކައިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމަށް ނިންމާފައިވާއިރު މިއަދު ދިއްދޫއިން މުވައްޒަފުންތަކެއް ވަކި ކުރި މައްސަލަ ހޫނުވެ ވަނީ މުޒާހަރާއެއްވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް