މިދިޔަ މަހު ބެންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލްއިން) މުސާރައިގެ ގޮތުގައި 77 ބިލިއަން ޑޮލަރު ޖަމާކުރި މައްސަލަ މަޖިިލީހުން ބަލަން ނިންމައިފިއެވެ.
ބީއެމްއެލްއިން މުސާރައިގެ ގޮތުގައި77 ބިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންގެ އެކައުންޓަށެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ނިންމީ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީންނެވެ.
ބީއެމްއެލްއިން ވަނީ ފައިސާ ފޮނުވާފައި މާ ގިނަ އިރުތަކެއް ނުވަނީސް އެ އެކައުންޓުތަކަށް އޮޅިގެން ފޮނުވުނު ފައިސާ އނބުރާ ހޯދާފައެވެ. ބީއެމްއެލްއިން ބުނީ މި މައްސަލަ ދިމާވެފައިވަނީ އިންސާނީ ކުށަކުން ކަމަށެވެ. އަދި ދާދި ފަހުން ޕޭރޯލް ޕްރޮސެސިންއަށް ބޭނުންކުރާ ބަލްކް ޕޭމަންޓަށް ގެނައި ބަދަލަކާއި ގުޅިގެން ކަމަށެވެ.
މިވާހަކަ މުޅި ސޯސަލް މީޑިއާ އެއްއަޑު ކޮށްލިއިރު، ގިނަ ބަޔަކު ދަނީ ބެންކުން އެހާ ފަސޭހައިން އެ ފައިސާ އަބުރާ ހޯދި ގޮތަކާ މެދު ސުވާލު އުފައްދަވާފައެވެ. ކަސްޓަމަރުންނަށް އޮޅިގެން ނުބައި އެކައުންޓަކަށް ފައިސާ ޖަމާކުރެވުނު ނަމަވެސް ބެންކުން އެ ފައިސާ އަނބުރާ ނުހޯދޭތީ ގިނަ ބައެއްގެ ޝަކުވާތައްވެސް ދިޔައީ ބަންޑުން ކުރަމުންނެވެ.
އޮޅިގެން ޖަމާކުރެވުނު ފައިސާގެ ސަބަބުން އެއްވެސް ގެއްލުމަކާއި ކުރިމަތި ލާން ޖެހިފައިިނުވާ ކަމަށް ބެންކުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް