ދިއްދޫ ފެނަކައިން 22 މުވައްޒަފުން ވަކި ކުރި މައްސަލަ ހޫނުވެއްޖެ

ހއ ދިއްދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުން އައި22 މުވައްޒަފުން ކުއްލި ގޮތަކަށް ވަކި ކުރި މައްސަލަ ހޫނު ވެއްޖެއެވެ. މުވައްޒަފުން ވަކި ކުރުމަށް ފޮނުވި މެމޯގައި ބުނެފައިވަނީ ކުންފުނިން ހިންގަމުން ...

07 Aug 2024 | 17:21

ހއ ދިއްދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުން އައި22 މުވައްޒަފުން ކުއްލި ގޮތަކަށް ވަކި ކުރި މައްސަލަ ހޫނު ވެއްޖެއެވެ.

މުވައްޒަފުން ވަކި ކުރުމަށް ފޮނުވި މެމޯގައި ބުނެފައިވަނީ ކުންފުނިން ހިންގަމުން އައި އިންހައުސް އިންޖީނު އަދި އޮފީސް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްތަކަކީ ނުހަނު ހަރަދު ބޮޑުކޮށް ގެއްލުމުގައި ގެންގޮސްފައިވާ ޕްރޮޖެކްޓްތަކަކަށް ވުމާއިއެކު ހަރަދު ކުޑަ މޮޑެލްއަކަަށް މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް މެނޭޖްމެންޓުން ނިންމާފައިވާތީ31 އޮގަސް2024 އިން ފެށިގެން މި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ދޫކޮށްލާނެ ކަމަށެވެ. އެ މެމޯ މުވައްޒަފުންނަށް ފޮނުވާފައިވަނީ މި މަހު ހައެއް ގައެވެ.

މިކަމާއި ގުޅިގެން މިއަދު ދިއްދޫ ފެނަކަ ބްރާންޗް ކުރިމަތީގައި ވަނީ ހަމަނުޖެހުން ތަކެއް ވެސް ކުރިއަށްދިޔައެވެ.

ސިޔާސީ ސަބަބުތަކާއި ހުރެވެސް ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާއިން ވަކި ކުރުމަކީ ކޮންމެ ސަރުކާރެއްގައިވެސް ހިނގަމުން އަންނަ ކަންތައްތަކެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވަޒީފާގެ ބިރު ނުދައްކަވާނެ ކަމަށް ވަނީ ރިޔާސީ ވައުދު ފުޅެއް ވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް