ކިންގްސްޓޮން މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތައް އަންގާލަދިނުމަށް ފުލުހުން އެދިއްޖެ

ކިންގްސްޓޮން މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތައް އަންގާލަދިނުމަށް ދިވެހި ފުލުހުން އެދިއްޖެ އެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުނ...

07 Aug 2024 | 11:31

ކިންގްސްޓޮން މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތައް އަންގާލަދިނުމަށް ދިވެހި ފުލުހުން އެދިއްޖެ އެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް މި ޚިދުމަތަށް ހުށަހެޅިފައިވާތީ، އެ މައްސަލަތައް މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެހެންކަމުން، ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއް ވާނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުން ފުލުހުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް