މިހާރު ހުރިހާ ޚިދުމަތެއް ލިބޭނެ، ދިމާވި ދަތިކަމަށް މާފަށް އެދެން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ޚިދުމަތެއް މިހާރު ބަރާބަރަށް ލިބެމުންދާނެކަމުގައި ބޭންކް އޮފް މޯލްޑިވް އިން ބުނެފިއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި އެ ބޭންކްގެ ޕީއޯއެސް ޚިދުމަތާއި އޭޓީއެމް ޚިދުމަތްތ...

07 Aug 2024 | 11:05

ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ޚިދުމަތެއް މިހާރު ބަރާބަރަށް ލިބެމުންދާނެކަމުގައި ބޭންކް އޮފް މޯލްޑިވް އިން ބުނެފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އެ ބޭންކްގެ ޕީއޯއެސް ޚިދުމަތާއި އޭޓީއެމް ޚިދުމަތްތަކާއި މޯބައިލް އަދި އިންޓަނެޓް ބޭންކިންގް ޚިދުމަތްތަކަށް ބުރޫއެރިއެވެ. ޚިދުމަތް މެދުކެނޑުން ގިނަ ވަގުތުތަކަކަށް ދެމިގެންދިއުމުން އެބޭންކުގެ ޚިދުމަތް ހޯދާ އާއްމު ކަސްޓަމަރުންވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ. އަދި ކަސްޓަމަރުން ދިޔައީ ދިމާވާ ތަކުލީފުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ޚިދުމަތްތައް ރުޖޫއަ ކުރަމުންގޮސް ބީއެމްއެލްއިން އެންމެފަހުން ބުނެފައިވަނީ މިހާރު މޯބައިލް އަދި އިންޓަނެޓް ބޭންކިންގެ ޚިދުމަތްވެސް ރަނގަޅުވާނެކަމަށެވެ. ކާޑު މެޝިންތަކާއި އޭޓީއެމްތަކުގެ ޚިދުމަތް ރުޖޫއަކުރެވިފައިވާކަން ކުރިން ހާމަކޮށްފައިވެއެވެ.

ބޭންކުން ބުނެފައިވަނީ މި ހާލަތުގައި ކަސްޓަމަރުންނަށް ދިމާވި ދަތިކަމަށްޓަކައި މާފަށްއެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް